އަމުރާ ޚިލާފުވިކަމަށްބުނެ ނަޝީދާއި ޔާމީންގެ އިތުރުން މެމްބަރުންތަކެއްގެ މައްސަލަ ކޯޓަށް
ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ތުހުމަތުތަކެއްކޮށް 'އަދަދު' ނޫހުން ނެރުނު ޑޮކިއުމަންޓްރީއާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރާ ޚިލާފުވިކަމަށް ބުނެ، ކުރީގެ ދެ ރައީސުންނާއި މަޖިލީހުގެ ބައެއް މެންބަރުންގެ މައްސަލަ އަމިއްލަ ފަރާތަކުން ކޯޓަށް މިއަދު ހުށަހަޅައިފިއެވެ. ކޯޓަށް ހުށަހެޅި މައްސަލައިގައި ވަނީ ނަޝީދުގެ އެކި ޕްލެޓްފޯމްތަކުގައި ތަކުރާރުކޮށް އަމުރާ ހިލާފުވަމުންދާ ކަމަށާއި ޔާމީން ވެސް އެ ޑޮކިއުމެންޓްރީގެ ވާހަކަ ދައްކަވަމުން ގެންދަވާކަން ފާހަގަކޮޮށްފައިވެ އެވެ. އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް…









