ބީއެމްއެލްގެ އެހީއާއެކު މާފުށީގައި ފޮތް ކިޔަން ހާއްސަ ސަރަހައްދެއް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކޮމިއުނިޓީ ފަންޑުގެ ދަށުން ކ. މާފުށީގައި ފޮތް ކިއުމަށް މަޑުކޮށްލާނެ ހާއްސަ ތަނެއް ހަދައިފިއެވެ. މާފުށީގައި ދިރިއުޅޭ ފަރާތްތަކާއި ޒިޔާރަތްކުރާ ފަރާތްތައް މަޑުކޮށްލާނެ ހިތްފަސޭހަ މާހައުލެއް ހޯދައިދިނުމަށާއި އެތަނުގައި މަޑުކޮށްލާ ވަގުތަކީ ފައިދާ ހުރި ވަގުތުކޮޅަކަށް ހެދުމުގެ މަގުސަދުގައި "ފޮތް ގުންޒަރު"ގެ ނަމުގައި އެ މަޝްރޫއު ހިންގާފައިވަނީ ނިއު ސްޓާ ސްޕޯޓްސް ކުލަބުންނެވެ. ރަށުގެ ބަނދަރު ސަރަހައްދުގައި ގާއިމުކޮށްފައިވާ މި ފޮތް ގުންޒަރުގައި އެކި އުމުރު ފުރާތަކަށް ހާއްސަ ފޮތް އެކުލެވެއެވެ.…









