މާރާމާރީގެ މައްސަލައެއްގައި މީހަކު ހޯދަނީ
މާރާމާރީގެ މައްސަލައެއްގައި ކްރިމިނަލް ކޯޓަށް ހާޒިރުނުވި ޒުވާނަކު ހޯދަން ފުލުހުން އިއުލާނުކޮށްފިއެވެ. ފުލުހުން ބުނީ އެ އިދާރާއިން ހޯދަމުންދަނީ، ކ. މާލެ / ދަފްތަރު ނަންބަރު ރސ. 5624، އަހްމަދު ޝައިރަފް އަބްދުއްރަހީމް (27އ) ކަމަށެވެ. ޝައިރަފް ހޯދަމުންދަނީ ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ ތޫނު ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުމުގެ ކުށުގެ މައްސަލައާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ ކަމަށެވެ. އޭނާ ބަންދުގައި ބަހައްޓައިގެން މި މަހުގެ ހަވަނަ ދުވަހުގެ 11:00 އަށް…