ލޯފަން މީހުން ވޯޓުލުމަށް ރަޖިސްޓްރީވާންޖެހޭ މުއްދަތު އިތުރުކޮށްފި
ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި، ލޮލަށް ނުފެންނަ މީހުން އަމިއްލައަށް ވޯޓުލާން ބޭނުންނަމަ ރަޖިސްޓްރީ ވުމަށް ހުޅުވާލި ފުރުސަތު އިތުރުކޮށްފިއެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހަކު، އެހެން މީހެއްގެ އެހީތެރިކަމާ ނުލައި ވޯޓުލުމުގެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން، އެ ފަރާތްތައް ރަޖިސްޓަރީކުރުމަށް ހުޅުވާލި މުއްދަތު މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ. އެގޮތުން، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވޯޓުލުމަށް ބޭނުންވާ އިންތިޒާމްތައް ހަމަޖެއްސުމުގެ ގޮތުން…