ތަޢުލީމީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް އެމްއެންޔޫ އާއި ބޭރުގެ ދެ ޔުނިވަރސިޓީއަކާއެކު ފަހުމުނާމާގައި ސޮއިކޮށްފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ތަޢުލީމީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ބޭރުގެ ދެ ޔުނިވަރސިޓީއަކާއެކު ފަހުމުނާމާގައި ސޮއިކޮށްފިއެވެ. މިގޮތުން ފަހުމުނާމާގައި ސޮއިކޮށްފައިވަނީ އޮސްޓްރޭލިއާގެ ދަ ހޮޓެލް ސްކޫލް އޮސްޓްރޭލިއާ- ސަދަން ކްރޮސް ޔުނިވަރސިޓީއާއި، މެލޭޝިއާގެ ސެލެންގޯ އިސްލާމިކް ޔުނިވަރސިޓީއާ ދެމެދުގައެވެ. ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓޭލިޓީ އެންޑް ޓޫރިޒަމްއާއި، ދަ ހޮޓެލް ސްކޫލް އޮސްޓްރޭލިއާ- ސަދަން ކްރޮސް ޔުނިވަރސިޓީއާ ދެމެދު ވެވުނު ފަހުމުނާމާގެ މަޤްޞަދަކީ ބައިނަލްއަޤްވާމީ ފަތުރުވެރިކަމުގެ ސިނާޢަތަށް ބޭނުންވާ ތަޢުލީމާއި ތަމްރީނުގެ ދާއިރާއިން ގުޅިގެން މަސައްކަތްކުރުމެވެ.…