ކުޑަކުދިން ކުށުގެ ވެއްޓަށް ވެއްޓުމުގެ ކުރިން އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ: ސާޖިދާ
ކުޑަކުދިން ކުށުގެ ވެއްޓަށް ވެއްޓުމުގެ ކުރިން އެ ކުދިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް އަވަސްވެގަންނަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ. ސާޖިދާ މިހެން ވިދާޅުވީ، މިއަދު ފެށުނު "ނޭޝަނަލް ޖުވެނައިލް ޖަސްޓިސް ކޮންފަރެންސް 2025" ގެ ފެށުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ. މި ކޮންފަރެންސްއަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވޭ މިފަދަ ކޮންފަރެންސްއެވެ. ސާޖިދާ ވިދާޅުވީ، ކުދިން ކުށުގެ ވެއްޓަށް ވެއްޓުމުގައި އެ ކުދިންގެ ވަށައިގެންވާ މާހައުލު ބޮޑު ދައުރެއް އަދާކުރާ…