އެސްޓީއޯގެ ހިއްސާއަކަށް 80 ރުފިޔާ ބެހުމަށް ފާސްކޮށްފި
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓ (އެސްޓީއޯ) ގެ 2024 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި، މިދިޔަ އަހަރު ކުންފުންޏަށް ލިބުނު ފައިދާއިން ހިއްސާއަކަށް 80 ރުފިޔާ ބެހުމަށް ވަނީ ފާސްކޮށްފައެވެ. ބަރަސެލޯ ނަސަންދުރާގައި ބޭއްވުނު މި ޖަލްސާގައި 162 ހިއްސާދާރުންނާއި 67 ޕްރޮކްސީ ހޯލްޑަރުން ބައިވެރިވިއެވެ. ހިއްސާއަކަށް 80 ރުފިޔާ ބެހުމަށް ފާސްކޮށްފައިވަނީ ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ 99.99 އިންސައްތައިގެ ވޯޓުންނެވެ. މިއީ 2023 ވަނަ އަހަރުވެސް ބެހި އަދަދެވެ. މި ޖަލްސާގައި 2023 ވަނަ…