އިތިއޯޕިއާގެ ރައީސްއާއި ބޮޑުވަޒީރަށް ގައުމީ ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އިތިއޯޕިއާގެ ގައުމީ ދުވަހުގެ މުނާސަބަތުގައި އެ ގައުމުގެ ރައީސް ޓާއިޔޭ އަޓްސްކޭ ސެލާސީއާއި، ބޮޑުވަޒީރު އަބީ އަހްމަދު އަލީއަށް ތަހުނިޔާ ފޮނުއްވައިފިއެވެ. އިތިއޯޕިއާގެ ރައީސަށާއި ބޮޑުވަޒީރަށް ރައީސް ވަކިވަކީން ފޮނުއްވި ސިޓީފުޅުތަކުގައި، އެމަނިކުފާނުގެ އަމިއްލަފުޅު ނަންފުޅުގައާއި، އަދި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، އިތިއޯޕިއާގެ ރައީސްއާއި ބޮޑުވަޒީރާއި ސަރުކާރާއި ރައްޔިތުންނަށް، ގައުމީ ދުވަހުގެ ތަހުނިޔާ ފޮނުއްވާފައިވެއެވެ. ރައީސްގެ މެސެޖުގައި، އިތިއޯޕިއާގެ ގައުމީ ދުވަހަކީ އެ ގައުމުގެ އެއްބައިވަންތަކަމާއި، ވިލުންތެރިކަމާއި، ކުރިއެރުން ރަމްޒްކޮށްދޭ…