ނެޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ މުވައްޒަފުންނަށް ދިވެހިބަހުގެ ކޯހެއް ފަށައިފި
ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ)ގެ މުވައްޒަފުންނަށް ދިވެހިބަހުގެ ކޯހެއް އިއްޔެ ފަށައިފިއެވެ. ދިވެހިބަހުގެ އެކެޑަމީން ބުނި ގޮތުގައި ފަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ އެ ކޯހަކީ 10 ގަޑިއިރުގެ ތަމްރީނު ޕްރޮގްރާމެކެވެ. އެ ކޯހުގެ މަގުސަދަކީ ދިވެހިބަހުގެ ހަމަތަކާއި، ގަވާއިދުތަކާއި، އުސޫލުތަކާ އެއްގޮތަށް ލިޔެކިޔުންތައް ބެހެއްޓުމާއި، އަދަބު އިޙުތިރާމާއެކު މުއާމަލާތުކުރާނެ ގޮތްތައް މުވައްޒަފުންނަށް އޮޅުންފިލުވައިދިނުމާއި، ދިވެހިބަހަށް މުވައްޒަފުން އަހުލުވެރިކުރުން ކަމަށް އެކެޑަމީން ބުންޏެވެ. މި ކޯހުގައި ކިޔަވައިދޭ ބައިތަކުގެ ތެރޭގައި: ލަފުޒު ވަކިކޮށް ލިޔުމުގެ އުސޫލު. ސުކުނާއި…