ނޭޕާލްގެ ނޮން-ރެސިޑެންޓް ސަފީރުކަމަށް އަޒީމާ އައްޔަންކުރަން ފާސްކޮށްފި
ނޭޕާލްގެ ނޮން-ރެސިޑެންޓް ސަފީރުކަމަށް ރާއްޖެ އިން އިންޑިއާ އަށް ކަނޑައަޅާފައިވާ ސަފީރު އައިޝަތު އަޒީމާ އައްޔަންކުރުމަށް މަޖިލީހުން ފާސްކޮށްފިއެވެ. މިއަދު ގެ މަޖިލީހުގެ ޖަލްސާގައި އެ މަގާމަށް އަޒީމާ އައްޔަން ކުރުމަށް ފެންނަ ކަމަށް ވޯޓު ދީފައިވަނީ 59 މެންބަރުންނެވެ. ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓު ދީފައެއް ނުވެއެވެ. ނޭޕާލްގެ ނޮން-ރެސިޑެންޓް ސަފީރުކަމަށް އަޒީމާ އައްޔަންކުރުމަށް މަޖިލީހުން ފާސްކޮށްފައިވާއިރު ރާއްޖެއިން އިންޑިއާއަށް ކަނޑައެޅުއްވި އާ ސަފީރު، އަޒީމާ އެކަމަނާގެ ސަފީރު ކަމުގެ ފަތްކޮޅު އިންޑިއާގެ ރައީސް…