ޚާރިޖީ ވަޒީރު ޑރ. ޚަލީލް، ބޮޑުވަޒީރު މޯދީގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި
ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ ބޮޑުވަޒީރު މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މި ބައްދަލުވުމުގައި ޑރ. ޚަލީލް ވަނީ ބޮޑުވަޒީރު މޯދީއާއި އެމަނިކުފާނުގެ ވަފުދަށް ރާއްޖެއަށް ހޫނު މަރުޙަބާއެއް ދަންނަވައި، ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް އަދި ޒަމާންވީ ގުޅުން އަލުން ކަށަވަރުކޮށްދެއްވައިފައެވެ. މި ބައްދަލުވުމުގައި ބޮޑުވަޒީރު މޯދީ ވަނީ ދެ ޤައުމުގެ ދެމެދުގައި…