ހަވާ އެރުވުމުގެ ކުލަގަދަ ހަރަކާތްތަކަކާއެކު ވީއައިއޭގެ އާ ޓަރމިނަލް ހުޅުވައިފި
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އައު ޕެސެންޖަރ ޓަރމިނަލް ރަސްމީކޮށް ހުޅުވައިފިއެވެ. މިކަމަށްޓަކައި މިރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި އައު ޓަރމިނަލް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒެވެ. 72،000 އަކަމީޓަރުގެ މި ޓަރމިނަލް ފަރުމާކޮށްފައިވަނީ އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭ ގޮތަށެވެ. މި ޓަރމިނަލުގައި 12 ބޯޑިންގ ބުރިޖާއި، 47 ޗެކްއިން ކައުންޓަރާއި، 6 ސެލްފް ސަރވިސް ކިއޮސްކާއި، 20 ޑިޕާޗަރ އިމިގްރޭޝަން ކައުންޓަރާއި، 28 އިމިގްރޭޝަން ކައުންޓަރު ހުންނާނެއެވެ. މީގެ…