އިމިގްރޭޝަން އިންސައިޓްސްގެ ނަމުގައި ހާއްސަ ޕްރޮގްރާމެއް
މޯލްޑިވްސް އިމިގްރޭޝަނުން "އިމިގްރޭޝަން އިންސައިޓްސް"ގެ ނަމުގައި ޕްރޮގްރާމެއް އިފްތިތާހްކޮށްފި އެވެ. ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން އިފްތިތާހް ކޮށްދެއްވި މި ޕްރޮގްރާމްގެ މަގުސަދަކީ އިމިގްރޭޝަންގެ ހިދުމަތްތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކަށް އޮޅުން އަރަމުންދާ ކަންކަން ސާފުކޮށްދިނުމާއި، އެންމެ ފަހުގެ މައުލޫމާތުތައް ތަފްސީލާ އެކު ހާމަކުރުމެވެ. ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން އަހްމަދު ފަސީހް ވިދާޅުވީ މި ޕްރޮގްރާމް މެދުވެރިކޮށް، ޕާސްޕޯޓަށް އެދި ހުށަހަޅާއިރު ފޮޓޯ ނަގާފައި ހުންނަންޖެހޭ ގޮތާއި ސްޕޮންސަޝިޕް ޑެކްލެރޭޝަންގެ މައުލޫމާތާއި ޑިޕެންޑެންޓް…