ޑްރަގާއެކު ހައްޔަރުކުރި ފުލުސް އޮފިސަރު ވަޒީފާއިން ވަކިކޮށްފި
މިދިޔަ މަހު ޑްގަރާއެކު ހައްޔަރުކުރި ފުލުސް އޮފިސަރު އައިޝަތު ޝިޔާޒާ ވަޒީފާއިން ވަކިކުރުމަށް ނިންމައިފި އެވެ. ފުލުހުން ބުނީ ޝިޔާޒާގެ މައްސަލަ ބެލުމަށް ފަހު ޑިސިޕްލިނަރީ ބޯޑުން އޭނާ ވަކިކުރުމަށް ނިންމާފައިވާ ކަމަށެވެ. ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ފުލުހުންގެ އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ޝިޔާޒާގެ އިތުރުން ނޫސްވެރިއެއްގެ ގޮތުގައި ކުރިން އުޅުނު ސައިފުالله އަހުމަދު ހައްޔަރުކުރީ މާފަންނު ވިޔަފާރިވެރިންގެ މިސްކިތް ކައިރިންނެވެ. އެ ދެ މީހުންގެ ބަންދު އަމުރުގައިވާ…