ގަވައިދާ ހިލާފަށް ސިނގިރޭޓު ވިޔަފާރި ކުރާ މީހަކު، ބައިލައްކަ ރުފިޔާއާއެކު ފުލުހުންގެ ބެލުމުގެ ދަށަށް
ވަގަށް ސިނގިރޭޓު ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝް މީހަކު މިއަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ބަންދުކޮށްފައިވަނީ ބަންގްލަދޭޝަށް ނިސްބަތްވާ 32 އަހަރުގެ ފިިރިހެނެއް ކަމަށްވާ، އެމްޑީ ސައްދާމު ހުސައިނެވެ. ފުލުހުން ބުނީ މިއަދު ހުޅުމާލެ ފޭސް އެކެއްގެ ކަންނެލި ޖެޓީ ކައިރީ އިން މީހަކަށް ރަށުތެރެ ޕެޓްރޯލްކުރަމުން ދިޔަ ފުލުހުން ފެނުމުން، އަމަލުތައް ބެހެއްޓި ގޮތުން، ޝައްކުވެގެން ބަލައި ފާސްކުރި ކަމަށެވެ. އޭނާއާއި، އޭނާ ގެންގުޅުނު ތަކެތި ބަލައިފާސްކުރިއިރު އޭނާ…



