އިސްލާމީ ވުޒާރާއިން ހިރިލަންދޫ ސްކޫލަށް 10 ލެޕްޓޮޕް ހަދިޔާކޮށްފި
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ދީނީ ކަންތައްތައް ކުރިއެރުވުމަށް އެހީވާ ވަޤުފް ދަންޑުން ތ. ހިރިލަންދޫ ސްކޫލްގެ ކޮމްޕިއުޓަރ ލެބަށް ބޭޏުންވާ 10 ލެޕްޓޮޕް ހަދިޔާކޮށްފިއެވެ. މިކަމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފައިވާއިރު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ މުޙައްމަދު ސާލިފް ނަސީރެވެ. އަދި ހިރިލަންދޫ ކައުންސިލްގެ ފަރާތުން ކައުންސިލްގެ ރައީސް މުޙައްމަދު ޖަލާލް ސޮއިކުރެއްވިއިރު ހިރިލަންދޫ ސްކޫލްގެ ފަރާތުން ސޮއިކުރެއްވީ ސްކޫލްގެ ޕްރިންސިޕަލް އަޙްމަދު ޝައްމޫންއެވެ. އިސްލާމީ ވުޒާރާއިން ހާމަކުރި…