ހަތަރު އަތޮޅަކަށް ރައީސް ފުރާވަޑައިގެންފި
ރާއްޖޭގެ ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވާ އަށް ދުވަހުގެ ދަތުރުފުޅެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ފުރާވަޑައިގެންފި އެވެ. ރައީސްގެ މި ދަތުރުފުޅުގައި، ފެލިދެއަތޮޅާއި، މުލަކަތޮޅާއި، ނިލަންދެއަތޮޅު އުތުރުބުރި އަދި ކޮޅުމަޑުލުގެ މީހުން ދިރިއުޅޭ 31 ރަށަށް ވަޑައިގަތުމަށް ހަމަޖެހިފައިވެ އެވެ. އެގޮތުން، ފެލިދެއަތޮޅު ފުލިދޫ، ތިނަދޫ، ފެލިދޫ، ކެޔޮދޫ އަދި ރަކީދޫއަށް އެމަނިކުފާނު މިދަތުރުފުޅުގައި ވަޑައިގަންނަވާނެ އެވެ. ނިލަންދެއަތޮޅު އުތުރުބުރީގައި މީހުން ދިރިއުޅޭ، ފީއަލި، ބިލެތްދޫ، މަގޫދޫ، ދަރަނބޫދޫ، ނިލަންދޫ އަދި، މުލަކަތޮޅުން،…