ހަންގޭރީން އަހަރަކު 25 ސްކޮލަޝިޕް ރާއްޖެއަށް ދެނީ
ހަންގޭރީން އަހަރަކު 25 ސްކޮލަޝިޕް ރާއްޖެއަށް ދިނުމަށް ނިންމައި، އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ. އ.ދ. ގެ އާންމު މަޖިލީހުގެ 80 ވަނަ ސެޝަންގެ އެންމެ އިސްބޭފުޅުންގެ ބައްދަލުވުންތަކުގެ ހަވާސާ ތެރެއިން، ބޭއްވި ރަސްމިއްޔާތެއްގައި ދިވެހި ސަރަކުރާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް އެވެ. އަދި ހަންގޭރީ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އެންޑް ޓްރޭޑް ޕީޓަރ ސިޔާޓޯ އެވެ. ފޮރިން މިނިސްޓްރީން…