ނައިފަރު ބަނދަރު ތަރައްޤީކުރަން އެމްޓީސީސީއާ ހަވާލުކޮށްފި
ފާދިއްޕޮޅު ނައިފަރުގެ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާ ހަވާލުކޮށްފިއެވެ. މި މަޝްރޫޢުގެ ދަށުން 26,960 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި 340 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށިލުމާއި، 182 މީޓަރުގެ ބޭރުތޮށިލުމާއި، 1,390 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ. މި މަސައްކަތް އެމްޓީސީއާ ހަވާލުކޮށްފަވަނީ 47.50 މިލިއަން ރުފިޔާއަށް، 1 އަހަރު ދުވަހުން ނިންމާގޮތަށެވެ. ނައިފަރަކީ އާބާދީގައި 5700 އަށްވުރެ…