2006 ގެ ނިޔަލަށް ކޮންމެހެން ހަދަންޖެހޭ މެޑިކަލް ޓެސްޓް ހުރިހާ ރަށަކުން ހެދޭނެ: ރައީސް
ޞިއްޙަތާ ބެހޭ ވުޒާރާއިން ކަނޑައަޅުއްވާފައިވާ މިންގަނޑުތަކާ އެއްގޮތަށް، އެރަށެއްގެ ނިސްބަތުން، އެރަށެއްގައި ހަދަންޖެހޭ ޓެސްޓުތައް ނުހެދޭނެ އެއްވެސް ރަށެއް، 2026 ވަނަ އަހަރު ނިމޭއިރު، ރާއްޖޭގެ އެއްވެސް ހިސާބެއްގައި ނޯންނާނެކަމުގެ ޔަޤީންކަން، ރައީސުލްޖުމްހީރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތަކުރާރުކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ، ދިވެހި ރައްޔިތުންނަށް މިފަދައިން ޔަޤީންކަން ތަކުރާރުކޮށް ދެއްވާފައި ވަނީ މިލަދުންމަޑުލު އުތުރުބުރީގައި މީހުން ދިރިއުޅޭ ރަށްރަށަށް އެމަނިކުފާނު މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި، އެ އަތޮޅު ނޫމަރާއަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި،…