ޔާސް އިންވެސްޓްމެންޓުގެ ފޯއް ޕެކެޓަކީ ހުއްދަ ދީފައިވާ އުފެއްދުމެއް ނޫން: އެމްއެފްޑީއޭ
ޔާސް އިންވެސްޓްމެންޓުގެ ފޯއް ޕެކެޓަކީ ހުއްދަ ދީފައިވާ އުފެއްދުމެއް ނޫންކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ. އެމްއެފްޑީއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޔާސް އިންވެސްޓްމެންޓުން ތައްޔާރުކޮށް ވިއްކާ ފޮނި ފޯއް ޕެކެޓުގެ ލޭބަލްގައި "އެޕްރޫވްޑް ބައި އެމްއެފްޑީއޭ" ޖަަހައިގެން ވިއްކަމުންދާކަމަށާއި، ނަމަވެސް މިއީ އެމްއެފްޑީއޭއިން ހުއްދަ ދީފައިވާ އުފެއްދުމެއް ނޫން ކަމަށެވެ. އެމްއެފްޑީއޭއިން ބުނީ ކާބޯތަކެތި އުފައްދާ އަދި ހިދުމަތް ދޭ ތަންތަނަށް އެ އޮތޯރިޓީން ހުއްދަ ދޫކުރި ނަމަވެސް…









