ދިވެހި ބަހުގެ ފުރަތަމަ ޑޮކްޓަރާ ރައީސް ބައްދަލުކޮށްފި
ޤައުމީ ޔުނިވަސިޓީން އެޕްލައިޑް ލިންގުއިސްޓިކްސްގެ ދާއިރާއިން ދިވެހި ބަހުގެ އެންމެ ފުރަތަމަ ޑޮކްޓަ އޮފް ފިލޯސޮފީގެ ސަނަދު، ހާސިލުކުރެއްވުމުގެ ޝަރަފު ހޯއްދެވި ޑރ. ޢާމިނަތު ޒާހިރުއާ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައްދަލު ކުރައްވައި ތަހުނިޔާ ވިދާޅުވެއްޖެ އެވެ. އެ ބައްދަލުވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ދިވެހިބަހުގެ އެންމެ ފުރަތަމަ ޕީއެޗްޑީ ހާސިލު ކުރެއްވުމާ ގުޅިގެން އެކަމަށްޓަކައި ވަރަށް ބޮޑަށް އުފާފުޅު ކުރައްވާ ކަމަށް ވިދާޅުވެ، އާމިނަތު ޒާހިރަށް ތަހުނިޔާ އަދާކުރެއްވިއެވެ. އަދި މިއީ، ދިވެހިބަސް ކުރިއެރުވުމަށް…




