މާލެ ވޮކޭޝަނަލް ހައި ސްކޫލުގެ ކިޔެވުން ފަށައިފި
ރަސްމީ ތަޢުލީމުގެ ތެރޭގައި މާތީ ސާނަވީ ވޮކޭޝަނަލް ތަމްރީނު ހިމަނާ، މާލެ ވޮކޭޝަނަލް ހައި ސްކޫލުގެ ފުރަތަމަ ބެޗްގެ ކިޔެވުން ފަށައިފިއެވެ. މިކަމަށްޓަކާ ޚާއްސަ ރަސްމިއްޔާތެއް ޕޮލިޓެކްނިކްގައި ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ތަޢުލީމީ ވަޒީރު ޑރ.އިސްމާޢީލް ޝަފީޢުއެވެ. މަތީ ސާނަވީގައި ހުނަރާ ތަމްރީން ދޭ ވޮކޭޝަން ޕާތުވޭގެ ކިޔެވުން ފުރަތަމަ ފަހަރަށް ރާއްޖޭގައި މިވަނީ ފަށާފައެވެ. މި ސްކޫލްގެ ކިޔެވުން ގެންދަނީ، ތަޢުލީމީ ވުޒާރާގެ ބެލުމުގެ ދަށުން މޯލްޑިވްސް ޕޮލިޓެކްނިކުންނެވެ. ސަރުކާރުން މުޅިން އަލަށް…






