ހުޅުމާލެއިން ގެއްލުނު ކުޑަކުއްޖާ އަމިއްލައަށް ގެއަށް ގޮސްފި
ހުޅުމާލެ ފޭސް ދެއަކުން ގެއްލިގެން އިއުލާންކުރި 14 އަހަރުގެ އަންހެން ކުއްޖާ އަމިއްލައަށް އާއިލާއާ ހަވާލުވެއްޖެއެވެ. ގެއްލިގެން ހޯދީ ރ. ދުވާފަރު /ސިކްސް ސެންސް، ޝިބާ ރަޝީދު (14އ) އެވެ. ފުލުހުން ބުނީ މިރޭގެ ވަގުތެއްގައި އެ ކުއްޖާ އަމިއްލައަށް ގެއަށް ގޮސްފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އެ ކުއްޖާގެ ހާލު ރަނގަޅު ކަމަށް ވެސް އެ މުއައްސަސާއިން ބުންޏެވެ. ފުލުހުން ބުނީ މިދިޔަ ހުކުރު ދުވަހުގެ 05:55 އެހާކަންހާއިރު ގެއިން ނުކުމެގެން ދިޔަގޮތަށް…









