ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސް ކަމަށް ނާސިޙް އައްޔަންކޮށްފި
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސް ކަމަށް ޙަސަން ނާޞިޙް އަޙްމަދު މިއަދު އައްޔަންކޮށްފިއެވެ. ޓޭކްސް އެޕީލް ތްރައިބިއުނަލްގެ ރައީސް ގެ މަޤާމަށް ސ.ހިތަދޫ މާވަހި، އަލްފާޟިލް ޙަސަން ނާޞިޙް އަޙްމަދު، މިއަދު އައްޔަންކުރައްވާފައިވާއިރު ނައިބް ރައީސް ކަމުގެ މަޤާމަށް ގއ.ނިލަންދޫ ގަސްދޮށުގެ، އަލްއުސްތާޛާ ޝިފްޒާ ޢަބްދުލްޤައްޔޫމް މިއަދު ވަނީ އައްޔަންކުރައްވާފައެވެ. ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް މިދިޔަ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރެއްވި ފަސް ބޭފުޅުންނަކީ، ސ.ހިތަދޫ މާވަހި، އަލްފާޟިލް ޙަސަން ނާޞިޙް އަޙްމަދު،…



