ޒުވާނުންގެ ކޮންފެރެންސް އަންނަ ހޯމަ ދުވަހު
ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑާ ގުޅިގެން އަންނަ ހޯމަ ދުވަހާއި އަންގާރަ ދުވަހު ޒުވާނުންގެ ކޮންފެރެންސް ބާއްވަން ނިންމައިފިއެވެ. ހުރިހާ ދާއިރާތަކުގެ ޒުވާނުން ބައިވެރިވެ ހިޔާލު ހޯދައި މަޝްވަރާ ކުރުމަށް މި ކޮންފަރެންސެއް އިންތިޒާމުކުރަނީ ޔޫތު މިނިސްޓްރީން އިންނެވެ. މި ޔޫތު ކޮންފަރެންސްގެ އަމާޒަކީ ޒުވާނުންގެ ހުރި ކަންބޮޑުވުންތައް ދެނެގަނެ، އެ ކަންބޮޑުވުންތަކަށް ވަށައިޖެހޭ ހައްލެއް ހޯދުމާއި ޒުވާނުންގެ ގައުމީ ސިޔާސަތެއް އެކުލަވާލުމަށްޓަކައި ޒުވާނުންގެ ހިޔާލާއި މަޝްވަރާ ހޯދުމުގެ އިތުރުން ޒުވާނުންގެ ކުރިއެރުވުމަށްޓަކައި މަސައްކަތް ކޮށްދިނުން ކަމަށް…



