އެމްޑީޕީ ޕްރައިމަރީ: މިރޭ 8 ޖެހުމާ ހަމައަށް ވޯޓުލާނެ
އަންނަ އޭޕްރިލް މަހުގެ ހަތަރުވަނަ ދުވަހު އޮންނަ ލޯކަލް ކައުންސިލު އިންތިޚާބުގައި އިދިކޮޅު އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން މިރޭ 8 ޖެހުމާ ހަމައަށް ކުރިއަށްދާނެ އެވެ. ޖުމުލަ 154 ކެންޑިޑޭޓުން ވާދަކުރާ މި ޕްރައިމަރީ ފެށީ މިއަދު މެންދުރުފަހު 14:30 ގައެވެ. ޕްރައިމަރީގައި ވާދަކުރަން ހުޅުވާލި ފުރުސަތުގައި އިންތިޚާބުކުރަން ޖެހޭ އަދަދަށް ވުރެ އިތުރަށް ކުރިމަތިލާފައިވާ ދާއިރާތައް އެމްޑީޕީން ވަނީ އާންމުކޮށްފަ އެވެ. އޭގެ ތެރޭގައި ކައުންސިލްތަކުގެ މެންބަރުންނާއި ރަށު ކައުންސިލް…




