ރާއްޖެ، އިންޑިއާ އަދި ސްރީލަންކާ ގުޅިގެން ބާއްވާ އަސްކަރީ ތަމްރީނު ފަށައިފި
ދިވެހިރާއްޖެ، އިންޑިއާ އަދި ސްރީލަންކާ ގުޅިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ "ދޯސްތީ" ތަމްރީނުތަކުގެ 17 ވަނަ އެޑިޝަންގެ ދަށުން، ޚާއްޞަ އަސްކަރީ ތަމްރީނުތަކެއް ފަށައިފިއެވެ. މިތަމްރީންތައް މާލެ ކައިރީގެ އިތުރުން ރާއްޖޭގެ އެހެން ބައެއް ސަރަހައްދުތަކުގައި ވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. ޑިފެންސް މިނިސްޓްރީން ކުރި އިޢުލާނެއްގައިވާ ގޮތުން، މި ތަމްރީނުގެ ބައެއް މާދަމާ ހެނދުނު 06:00 އިން ހަވީރު 17:30 އަށް، އުތުރުތިލަފަޅުގެ ހުޅަނގުން 2 ނޯޓިކަލް މޭލު ބޭރުގައި ވެސް ކުރިއަށް…



