ގުރައިދޫ މަރުކަޒުގެ މީހުންނަށް ކޯސްތައް ހިންގަނީ
ކ. ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި، ހުނަރުވެރިކަމުގެ މަސައްކަތްތައް ދަސްކޮށްދޭ ތަމްރީން ޕްރޮގްރާމްތައް ހިންގުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ. އެ އެއްބަސްވުން ހެދީ ހެލްތު މިނިސްޓްރީގެ ދަށުން ހިންގަމިން އަންނަ ނެޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓާއި މޯލްޑިވްސް ޕޮލިޓެކްނިކާ ދެމެދު އެވެ. އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު އާމިނަތު އިސްމާޢީލެވެ. ޕޮލިޓެކްނިކްގެ ފަރާތުން ސޮއިކުރެއްވީ އެތަނުގެ ސީއީއޯ ޒޫޝާން ކަމާލުއްދީނެވެ. މި އެއްބަސްވުމުގެ ދަށުން، އެއް މުއައްސަސާ އަނެއް މުއައްސަސާއަށް…


