ބީއެންޕީން މަޖިލިސް އިންތިހާބުގައި ހޯދި ކާމިޔާބީއަށް ރައީސް ތަހުނިޔާ ފޮނުއްވައިފި
ބަންގްލަދޭޝްގައި ބޭއްވި 13 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު، ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީ.އެން.ޕީ) އިން ކާމިޔާބު ކުރުމާ ގުޅިގެން، ރައަިސް ޑރ. މުޙައްމަދު މުޢިއްޒު، އެ ޕާޓީއަށް ތަހުނިޔާ ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ، ބީ.އެން.ޕީއިން އިންތިޚާބުގައި ހޯއްދެވި ކާމިޔާބީއަށްޓަކައި، އެ ޕާޓީގެ ލީޑަރު ތާރިޤް ރަޙްމާނަށް، ތަހުނިޔާ ވިދާޅުވެފައިއެވެ. އަދި ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު އޮތް ޒަމާންވީ އެކުވެރިކަމާއި އެއްބާރުލުން އިތުރަށް ބަދަހިކޮށް، ކުރިއެރުވުމަށްޓަކައި ގާތުން މަސައްކަތް ކުރެއްވުމަށް އުންމީދު ކުރައްވާ…




