ކައުންސިލްތަކުގެ ޒިންމާތައް މާލީ ވުޒާރާގެ ދަށަށް ބަދަލު ކޮށްފި
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާ އުވާލައްވައި، އެ ވުޒާރާގެ ހުރިހާ މަސްއޫލިއްޔަތުތަކެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާލީ ވުޒާރާގެ ދަށަށް ބަދަލުކުރައްވައިފިއެވެ. މި ބަދަލާ ގުޅޭގޮތުން ރައީސް ވިދާޅުވީ، ކައުންސިލްތަކުގެ ކަންކަމުގައި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމަށް އެންމެ މުނާސަބު ފަރާތަކީ މާލީ ވަޒީރު ކަމަށެވެ. ސަބަބަކީ ދައުލަތުގެ ހުރިހާ ދާއިރާއަކާވެސް އެންމެ ބޮޑަށް ގުޅިފައި އޮންނަނީ މާލީ ވުޒާރާ ކަމަށް ވާތީއެވެ. މި ބަދަލާއެކު، ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ރައީސްގެ…






