ތ. ކަނޑޫދޫ ސްކޫލުގައި މަސައްކަތްކުރާ ބިދޭސީ ޓީޗަރަކު އެ ސްކޫލްގައި ކިޔަވާ 11 އަހަރުގެ ފިރިހެން ކުއްޖެއްގެ އިނގިލި، އަނބުރާލައި ހުޅުން ނައްޓުވައިލި މައްސަލައެއް ފެންމަތިވެއްޖެއެވެ.
ފުލުހުން ބުނީ، ހޯމަ ދުވަހުގެ ހެނދުނު 10:55 ހާއިރު އެ ސްކޫލްގެ ބިދޭސީ ޓީޗަރަކު އެ ސްކޫލްގެ ދަރިވަރެއްގެ އިނގިލީގައި ހިފައި އަނބުރާލައި ހުޅުން ނައްޓާލި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަަމަށެވެ.
އަނިޔާ ލިބުނު ކުއްޖާއަށް ވޭމަންޑޫ ސިއްހީ މަރުކަޒުގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައިގައި އަދި މީހަކު ހައްޔަރުކޮށްފައިނުވާއިރު، މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
+1
+1
+1
+1
+1
+1