ކ. ހިންމަފުށީގައި ހުންނަ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރުގެ ކްލައިންޓުންނަށް ހުނަރު ދަސްކޮށްދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުން އިއްޔެ ހަދާފައި ވަނީ ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އާއި މޯލްޑިވްސް ޕޮލިޓެކްނިކާ ދެމެދު ވެވުނު އެއްބަސްވުމެކެވެ.
އެއްބަސްވުމުގައި ހޯމް މިނިސްޓްރީގެ ފަރާތުން އަދި އެންޑީއޭގެ ޗެއާޕާސަންގެ ހައިސިއްޔަތުން ލުބްނާ ޒާހިރު ސޮއިކުރެއް ވިއިރު ޕޮލިޓެކްނިކްގެ ފަރާތުން ސޮއިކުރެއްވީ އެތަނުގެ ސީއީއޯ ޒޫޝާން ކަމާލުއްދީނެވެ.
މި އެއްބަސްވުމުގެ ސަބަބުން ރީއިންޓަގްރޭޝަން މަރުހަލާގައި ކްލައިންޓުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ސްކިލް ބޭސްޑް ތަމްރީނުތަކެއް ލިބިގެން ދާނެ ކަމަށް އެންޑީއޭއިން ބުންޏެވެ.
މި ޕްރޮގްރާމުގެ އަމާޒަކީ ކްލައިންޓުނަށް އައު ޓެކްނިކްތައް ދަސްކޮށްދީ، ކްލައިންޓުންގެ މުސްތަގުބަލުގައި ކުރިއެރުމަށް އަމަލީ ހުނަރުތައް ދަސްކޮށްދިނުމުގައި އެހީތެރިވެދިނުމެވެ.