ކުރިއަށްއޮތް ބޮޑު ޢީދު ފާހަގަކުރުމުގެ ހަރަކާތްތައް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކުރިއަށްގެންދާއިރު، އިސްލާމީ އުސޫލުތަކާ ހިލާފްނުވާނޭ ގޮތުގެ މަތިން ޢީދު ފާހަގަ ކުރުމަށް ސިޓީތަކާއި އިދާރީ ދާއިރާތަށް ހިންގުމާއި، ޢާންމު މަސައްކަތްތަކާއި ބެހޭ ވުޒާރާއިން އިލްތިމާސްކޮށްފިއެވެ.
އެ ވުޒާރާއިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ އިސްލާމީ ރިވެތި އުސޫލްތަކާ އެއްގޮތްވާގޮތުގެ މަތިން ހުރިހާ ރަށެއްގައިވެސް ޢީދުގެ ކުޅިވަރުތަކާއި ޙަރަކާތްތަށް ރާވައި، ހިންގުމަކީ ސަރުކާރުން ތަރުޙީބުދޭ ކަމެއް ކަމަށެވެ.
ޢީދު ފާހަގަކުރުމުގެ ކަންކަން ރާއްޖޭގެ ސިޓީތަކަށާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް ކުރިޔަށް ގެންދަނީ ސަރުކާރުން ކަނޑައަޅާފައިވާ މިންގަނޑުގެ ތެރޭގައިކަން ކަށަވަރު ކުރުމަށް އެ ވުޒާރާއިން ވަނީ ދައުލަތުގެ ކަމާގުޅުންހުރި މުއައްސަސާތަކަށް ބެލުމަށް އިލްތިމާސްކޮށްފައެވެ. އިސްލާމީ ހަމަތަކުގެ ތެރޭގައި އީދު ފާހަގަކުރުމާއި ދިވެހި ކުދިބޮޑު އެންމެން އީދު އުފަލުގައި ބައިވެރިވުމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ޒައާމަތުގައި ވަރަށްބޮޑު އިސްކަމެއްދެއްވާ ކަމެއްކަމަށް އެ ވުޒާރާއިން ބުނެއެވެ.
ދިވެހިންނަކީ ޒަމާނުއްސުރެ ވަރަށް ކުލަގަދަ ގޮތެއްގައި ބޮޑުއީދު ފާހަގަކުރަމުންގެންދާ ބައެކެވެ. ނަމަވެސް މި ފަހަކަށް އައިސް ބާއްވާ އީދު ކުޅިވަރުތަކުގައި އިސްލާމްދީނުގެ ރޫހާ ހިލާފް ބައެއް ކަންތައްތައް ވަނީ ފެނިގެންގޮސްފައެވެ.