ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް އަހުލުވެރިކުރުމަށް އއ. އަތޮޅުގެ ރަށްތަކަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމް 63 ފަރާތަކުން ފުރިހަމަކޮށްފިއެވެ.
ޕަބްލިކް ފައިނޭންސް އިންސްޓިޓިއުޓާއި އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާއާ ގުޅިގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އެ އަތޮޅުގެ އަށް ރަށަކުން މީހުން ބައިވެރިވެފައިވެއެވެ.
މިނިސްޓްރީ އޮފް ފިނޭންސުން ބުނިގޮތުގައި މި ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ނިމިދިޔަ މެއި މަހުގެ 29 އިން 31 އަށެވެ.
މި ޕްރޮގްރާމަކީ ދައުލަތުގެ މާލީ ކަންކަން ހިންގުމުގައި ގެންގުޅެންޖެހޭ އުސޫލުތަކާއި ގަވާއިދުތަކަށް މުވައްޒަފުން އަހުލުވެރިކުރުމަށް އަމާޒުކޮށްގެން ބޭއްވި ޕްރޮގްރާމެކެވެ.
ޕަބްލިކް ފައިނޭންސް އިންސްޓިޓިއުޓުން މިފަދަ ތަމްރީން ޕްރޮގްރާމްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދިއުމަކީ އެ އިންސްޓިޓިއުޓުގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
+1
+1
+1
+1
+1
+1