އީދު ބަންދާދިމާކޮށް ދަތުރުކުރާ މީހުން ގިނަވެ، ވޭލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ބާރުބޮޑުވާތީ، ކުރިއާލާ އެއާޕޯޓަށް ދިއުމަށް އެމްއޭސީއެލްއިން އެދިއްޖެއެވެ.
އެމްއޭސީއެލްއިން އެކްސްގައި ކުރި ޕޯޓެއްގައި ބުނީ، އެއާޕޯޓުގެ މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާތީއާ އެއާޕޯޓަށް ބާރުބޮޑުވާނެތީ، ޗެކްއިންއަށް އެކަށީގެންވާ ވަގުތު އޮއްވާ އެއާޕޯޓަށް ދިއުމަށް ފަސިންޖަރުންގެ އަރިހުން އެދޭ ކަމަށެވެ.
އެ ކުންފުނިން ބުނީ އެއާޕޯޓުގެ މަގު ހެދުމުގެ މަސައްކަތް ކުރިއަށް ދާތީ އަދި އެއާޕޯޓަށް ބާރު ބޮޑުކަމުން ޗެކް-އިންއަށް ވަގުތު އޮއްވާ އެއާޕޯޓަށް ދާން އިލްތިމާސްކުރާ ކަމަށެވެ.
އެމްއޭސީއެލުން ބުނީ ފުރާ މީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށް ދިނުމަށް ކުންފުނީގެ މުވައްޒަފުން ހަރަކާތްތެރިވާނެ ކަމަށެވެ.
އީދު ބަންދު މާދަމާ ފެށޭއިރު މިއަދުން ފެށިގެން ގިނަ ބަޔަކު ދަނީ ރަށްރަށަށާއި ރާއްޖެއިން ބޭރަށް ވެސް ފުރަމުންނެވެ.