އަޟުހާ އީދު ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު މާލޭ އަދި ވިލިމާލޭގެ މަގުތަކުގައި އެއްގަމު އުޅަނދު ދުއްވުން މަނާ ގަޑިތަކުގައި ދުއްވައިގެން 11 މީހަކު ޖޫރިމަނާކޮށް ތިން ވެހިކަލެއް ޓޯކޮށްފިއެވެ.
ފުލުހުން ބުނީ ވެހިކަލް ދުއްވުން މަނާ ގަޑިތަކުގައި ވެހިކަލް ދުއްވައިގެން 141 އެއްފަރާތަކަށް ނަސޭހަތްތެރިވެފައިވާކަމަށެވެ. ފުލުހުން ހާމަކުރި ގޮތުގައި ނުރައްކާތެރިކޮށް ދުއްވި 1 ވެހިކަލް، ލައިސަންސް މުއްދަތު ހަމަވެފަ އޮތްވާ ދުއްވައިގެން 1 ވެހިކަލް އަދި އެއްގޮތަކަށް ވެސް ލައިސަންސް ނެތި ދުއްވައިގެން 1 ވެހިކަލް ވަނީ ޓޯކޮށްފައެވެ.
މާލެ އަދި ވިލިމާލޭގައި މިއަދު ހަވިރު 16:00 އިން 18:00 އަށް އެއްގަމު އުޅަނދު ދުއްވުން ވަނީ މަނާކޮށްފައެވެ. ސިޓީ ކައުންސިލުން މިއަދު ހަވީރު ހުޅުމާލެ ފިޔަވައި މާލެ ސަރަހައްދުގައި ފައިމަގުގައި އުޅޭ ދުވަހެއްގެ ގޮތުގައި ވަނީ ހަމަޖައްސާފައެވެ. މި ގަޑިތަކުގައި ސިޓީ ކައުންސިލުގެ އަމުރަށް ކިޔަމަން ނުވެ ދުއްވާ އެއްޗެހި ދުއްވި 11 ފަރާތެއް ޖޫރިމަނާކޮށްފައިވާކަން ފުލުހުން ވަނީ ހާމަކޮށްފައެވެ.