ރާއްޖެއިން މި އަހަރު ޙައްޖުގެ މަތިވެރި އަޅުކަމަށް ދިޔަ ހުރިހާ ޙައްޖުވެރިން ރާއްޖެ އަތުވެއްޖެއެވެ.
މިގޮތުން ދިވެހި ޙައްޖުވެރިންގެ ހަތަރުވަނަ އަދި އެންމެ ފަހު ފްލައިޓް ރާއްޖެ އައިސްފައިވަނީ ރޭގެ ވަގުތެއްގައެވެ.
ޙައްޖުވެރިން ރާއްޖެ އައިސްފައިވަނީ ހަތަރު ފްލައިޓަކަށް ބަހާލައިގެންނެވެ. އެގޮތުން ޙައްޖުވެރިންގެ ފުރަތަމަ ފްލައިޓު އައީ ޖޫން 13 ގައެވެ. އަދި ދެވަނަ ގްރޫޕު މި މަހުގެ 14 ވަނަ ދުވަހު އައިސްފައިވާއިރު، ތިން ވަނަ ގްރޫޕުގެ ޙައްޖުވެރިން އައީ މި މަހުގެ 16 ވަނަ ދުވަހުއެވެ. އަދި ފަހު ގްރޫޕުގެ ޙައްޖުވެރިން ރާއްޖެއަށް އެނބުރި އައިސްފައިވަނީ އިއްޔެއެވެ.
ޙައްޖުން އަންނަ ފަރާތްތަކަށް ޚާއްސަކޮށް ފުލޫ ކްލިނިކްތަކެއް އައިޖީއެމްއެޗް އަދި ހުޅުމާލޭ ހޮސްޕިޓަލުގައި ވަނީ ހުޅުވައިފައެވެ.
+1
+1
+1
+1
+1
+1