އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް މިރޭ ބާއްވަން ނިންމައިފި އެވެ.
އެ ޕާޓީން ގައުމީ މަޖިލީޖުގެ ބައްދަލުވުމެއް ބާއްވަން މި ނިންމީ، އެމްޑީޕީން 2023 ގައި ވަކިވެވަޑައިގެން ދަ ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީއެއް އުފެއްދެވި ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ހިމެނޭ ގޮތަށް، ޑިމޮކްރެޓްސްގެ މެންބަރުން އަލުން އެމްޑީޕިއާ ގުޅެން އިއްޔެ ނިންމާފައި ވަނިކޮށެވެ.
އެމްޑީޕީ ގައުމީ މަޖިލީހުގެ ބައްދަލުވުން އޮންނާނީ ރޭ 8:30 ގަ އެވެ. އެ ޕާޓީން ބުނީ މިއީ ބައްދަލުވުމެއް ކަމަށެވެ.
އެމްޑީޕީ ވެރިކަމުގައި އޮތް ދުވަސްވަރު ދިމާވި މައްސަލަގަނޑުގެ ތެރޭގައި އެ ޕާޓީން ވަކިވި ބަޔަކު ގޮސް އުފެއްދި ދަ ޑިމޮކްރެޓްސް ދޫކޮށް، ނަޝީދު އާއި އީވާ އަލުން އެމްޑީޕީއާ ގުޅެން ނިންމިކަން ހާމަކުރެއްވީ އިއްޔެ އެވެ. މިރޭގެ ބައްދަލުވުމަކީ އޮންނާނީ ނަޝީދާއި މަޖިލީހުގެ ކުރީގެ ނައިބު ރައީސް، އީވާ އަބްދުالله ގެ އިތުރުން ވެސް ދަ ޑިމޮކްރެޓްސްގެ މެންބަރުން އެމްޑީޕީއާ ގުޅެން ނިންމާފައިވާތީ، އެ މީހުންނާއެކު މަސައްކަތް ކުރާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމެވެ.