ގއ.އަތޮޅު ހޮސްޕިޓަލްގެ އާ އިމާރާތުގެ މަސައްކަތް ފެށުމަށްޓަކައި ބިން ހަވާލުކޮށްފިއެވެ.
ގއ.އަތޮޅު ކައުންސިލް އިދާރާގައި ބޭއްވި ރަސްމިއްޔާތެއްގައި ބިން ހަވާލުކުރުމުގެ ފަހުމުނާމާގައި ސޮއި ކުރެއްވީ ހެލްތު މިނިސްޓްރީގެ ފަރާތުން ޑެޕިއުޓީ މިނިސްޓަރ ނަޒްލީން ނަޖީބެއެވެ. އަދި ގއ.ވިލިނގިލި ކައުންސިލް ރައީސް ވިޝާލް މުހައްމަދާއި، ގއ.އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރ ވެސް މިރަސްމިއްޔާތުގައި ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މަސައްކަތް ހަވާލުކުރި ފަރާތްކަމުގައިވާ އެމް.ޓީ.ސީ.ސީގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ އެމް.ޓީ.ސީ.ސީ ގއ.ވިލިނގިލީގެ ސައިޓް މެނޭޖަރ އަލީ މުބީނެވެ.
ގއ. ވިލިނގިލީ ހޮސްޕިޓަލްގެ އައު ޢިމާރާތުގެ މަސައްކަތުގެ އަގަކީ، 185،571،402.42ރ އެވެ.
+1
+1
+1
+1
+1
+1