މާލޭގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ނިޔާވީ ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާ އާއި މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ)ގެ ހަމަ އެކަނި ދަރިފުޅު އަލްސަލް މުހައްމަދު ކަން އެނގިއްޖެ އެވެ.
ބޮޑުތަކުރުފާނު މަގުގައި ހިނގި އެ އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިނީ 16 އަހަރާއި 17 އަހަރުގެ ދެ ކުދިންނެވެ. އޭގެ ތެރެއިން އެއް ކުއްޖަކު ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ވަނީ ނިޔާވެފައި އެވެ.
މިރޭ 8:10 ހާއިރު ހިނގި އެ އެކްސިޑެންޓު އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި މަގުމަތީގައި ކުޑަ ކުއްޖަކާއި މީހަކު ވެއްޓިފައި އޮތް ތަން ފެންނައިރު، އެމީހުންގެ އެއްވެސް ހަރަކާތެއް ނެތެވެ. އަދި އެ ކުއްޖާ އާއި މީހާގެ ގައިން ގިނަ އަދަދެއްގެ ލޭ ފައިބާފައިވާ މަންޒަރު ވެސް ފެނެއެވެ.
+1
+1
+1
+1
2
+1
1
+1