ޚާރިޖީ ދާއިރާގެ މުވައްޒަފުންނަށް ތަމްރީން ފޯރުކޮށްދިނުމާ ގުޅޭ އެމްއޯޔޫއެއްގައި ރާއްޖެއާއި ސްރީލަންކާއާ ދެމެދު ސޮއިކޮށްފިއެވެ.
މި އެމްއޯޔޫގައި ސޮއިކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ދަޢުވަތަކަށް ސްރީލަންކާގެ ރައީސް އަނުރަ ކުމާރަ ދިސާނަޔަކަ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުއާއި ސްރީލަންކާގެ ރައީސް އަނުރަ ކުމާރަ ދިސާނަޔަކަ ބައިވެރިވެވަޑައިގެންނެވިއެވެ.
މި އެމްއޯޔޫ އެކުލަވާލާފައިވަނީ ރާއްޖޭގެ ފޮރިން ސަރވިސް އިންސްޓިޓިއުޓްއާއި ސްރީލަންކާގެ ބަންޑާރަނަޔަކެ އިންޓަރނޭޝަނަލް ޑިޕްލޮމެޓިކް ޓްރޭނިން އިންސްޓިޓިއުޓް އާ ދެމެދުގައެވެ. މި އެމްއޯޔޫގައި ރާއްޖެއިން ސޮއިކުރެއްވީ ޚާރިޖީ ވަޒީރު ޑރ.ޢަބްދުﷲ ޚަލީލްއެވެ. ސްރީލަންކާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ ޚާރިޖީ ވަޒީރެވެ.
ސްރީލަންކާގެ ރައީސް ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދު، ބަދަލުކުރެވޭ އެއް އެއްބަސް ވުމަކީ ސްރީލަންކާގެ ބަންޑާރަނައިކެ އިންޓަރނޭޝަލް އިންސްޓިޓިއުޓް އޮފް ޑިޕްލޮމެޓިކް ސްޓަރޑީސް އާއި ދިވެހިރާއްޖޭގެ ފޮރިން ސާރވިސް އިންސްޓިޓިއުޓް އާ ދެމެދު ކުރެވޭ އެއްބަސްވުމެވެ.
މި އެއްބަސްވުމުގެ ދަށުން ދެ ޤައުމުގެ ދެމެދު ތަފާތު ތަމްރީން ޕްރޮގްރާމްތައް ބަދަލުކުރުމަށް ފުރުޞަތު ލިބިގެންދާނެކަމަށް ޚާރިޖީ ވުޒާރާއިން ބުނެއެވެ.