އިންޑިއާގެ ނިކޯބާ އައިލެންޑްސް ކައިރިއަށް ރިކްޓަ މިންގަނޑުން 6.2 ގެ ބާރުމިނުގައި އައި ބިންހެލުމުގެ އަސަރު ރާއްޖެއަށް ވެސް ރެކޯޑްކުރެވިފައިވާ ކަމަށް މެޓް އޮފީހުން މިއަދު ބުނެފި އެވެ.
މެޓް އޮފީހުން ބުނީ ރާއްޖޭ ގަޑިން ރޭ 11:41 ގައި އައި ބިންހެލުމަށް ފަހު މާލެ އާއި ހުޅުމާލެއަށް ވެސް ލޮޅުމެއްގެ އަސަރުކުރި ކަމުގެ ރިޕޯޓްތަކެއް ލިބިފައިވާ ކަމަށެވެ.
މެޓް އޮފީހުން ބުނީ އިންޑިއާ ކަނޑުގެ އިރުމަތީގައި އޮންނަ ނިކޮބާ އައިލެންޑްސް ކައިރިއަށް އައި ބިންހެލުމުގެ ސަބަބުން ލޮޅުމެއް އައި ނަމަވެސް މިކަމުގެ ސަބަބުން ރާއްޖެއަށް އިތުރު ނުރައްކަލެއް ކުރިމަތިވާނެ ކަމަށް ނުބެލެވޭ ކަމަށެވެ.
އިންޑިއާގެ ނިކޯބާ އައިލެންޑްސް އަށް ބިންހެލުން އައިސްފައި ވަނީ ކަނޑުގެ 43 ކިލޯމީޓަރު އަޑިއަށެވެ. މި ބިންހެލުމުގެ ސަބަބުން ސުނާމީއެއް ނުއުފެދެ އެވެ.
+1
+1
+1
+1
+1
+1