އައްޑޫ ސިޓީގައި ރޭ ހިނގި އެކްސިޑެންޓެއްގައި 18 އަހަރުން ދަށުގެ ފިރިހެން ދެ ކުއްޖަކަށާއި އަންހެނަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނީ އައްޑޫ ސިޓީ ހިތަދޫ ހީނާ މަގުގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގާފައިވާ މައްސަލަ ރޭ 9:17 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި އެކްސިޑެންޓުގައި ހިމެނޭ އެއް ސައިކަލު ދުއްވި އަންހެނަކަށާއި، އަނެއް ސައިކަލު ދުއްވި 15 އަހަރުގެ ފިރިހެން ކުއްޖާއާއި އެ ސައިކަލުގެ ފަހަތުގައި އިން 16 އަހަރުގެ ފިރިހެން ކުއްޖަކަށް ވަނީ އަނިޔާވެފައެވެ.
އަދި އަނިޔާވި ފަރާތްތަކަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ދަނީ މި މައްސަލަ ތަޙުޤީޤު ކުރަމުންނެވެ.
+1
+1
+1
+1
+1
+1