ތުޅާދޫގައި 100 ފްލެޓު އިމާރާތްކުރުމުގެ މަޝްރޫޢެއް މިއަހަރު ހިންގަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ތުޅާދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެރަށުގެ ގެދޮރު ބިނާކުރުންކަމަށާއި، މިދިޔަ ސަރުކާރުގައި ފެށި މަޝްރޫޢުގައި މައްސަލަތަކެއް ހުރެ ކޯޓުން ހުުކުމެއް ކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ. ވުމާއެކު އެއަށް ކުރެވޭނެ ކަމެއް ސަރުކާރުގައިވެސް ކައުންސިލުގައިވެސް ނެތްކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް 100 ފްލެޓުގެ އައު މަޝްރޫޢެއް ތުޅާދޫގައި ހިންގަވާނެކަމަށް ރައީސް ވިދާޅުވިއެވެ. މިހާރު އެ މަޝްރޫޢު ޓެންޑަރިންއަށް ހުޅުވާލައި ބަޔަކު ކުރިމަތިލާފައިވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެ މަޝްރޫޢުގެ ޕޮއިންޓު ދިނުން ކުރިއަށްދާނީ ރައްޔިތުން އެދޭގޮތަށް ކައުންސިލުން ކަނޑައަޅާގޮތަށް ވުޒާރާއިން ފާސްކޮށްގެންކަމަށެވެ.
މީގެ އިތުރުން ތުޅާދޫގައި އަމިއްލައަށް ބައެއް ފަރާތްތަކުން ހިއްކާފައިވާ 119 ގޯތި އެބައޮތްކަމަށާއި، އެ ގޯތިތައް އަމިއްލަ ކުރުމަށް ހުށައަޅާފައިވާތީ އެކަންވެސް ކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.