ބ. ފުޅަދޫގެ އިހުތިސޯސްގެ ތެރޭގައި އެ ރަށާ ކައިރީގައި އޮންނަ އިންނަފުށި ހަމަޖައްސަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ބ. އަތޮޅަށް މިހާރު ގެންދަވާ ދަތުރުގެ ތެރެއިން ރޭ ފުޅަދޫ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ފެހެންދޫގެ ތަރައްގީގައި މިހާރު އެންމެ އިސް ދައުރެއް އަދާކުރަނީ ޓޫރިޒަމް ދާއިރާ ކަމަށާއި ސަރުކާރުގެ ސިޔާސަތަކީ ވެސް ޓޫރިޒަމް ފުޅާކުރަން ފަސޭހަތައް ފޯރުކޮށް ދިނުން ކަމަށެވެ.
ރައީސް ވިދާޅުވީ ފުޅަދޫ ކައިރީގައި އޮންނަ އިންނަފުށި އެއްވެސް ވަރަކަށް ނުބެލެހެއްޓޭ ކަމަށެވެ. އެހެންވެ އެ ރަށް ބަލަަހައްޓައި ރަށުން އާމްދަނީ ލިބޭނެ ގޮތް ހަދަން ފުޅަދޫ ކައުންސިލުން ވެސް އަދި ފުޅަދޫގެ ރައްޔިތުން ވެސް ވަރަށް ބޮޑަށް އެދޭތީ ރަށުގެ އިހުތިސާސްހެ ތެރޭގައި އިންނަފުށި ހިމަނަން ނިންމެވީ ކަމަށް ވިދާޅުވި އެވެ.