އއ. މާޅޮހުގައި އަނިޔާވެރި ގޮތަކަށް މަރާލި އަބްދުއްރަހުމާން އާދަމް (65އ)ގެ މަރުގެ މައްސަލައިގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.
ދިރިއުޅޭ ގޭގައި ނިދަން އޮއްވައި އަބްދުއްރަހްމާނަށް ހަމަލާދީ، މަރާލީ ޖުލައި 13 ވަނަ ދުވަހެވެ.
ފުލުހުން މިއަދު ބުނީ އަބްދުއްރަހްމާންގެ މަރުގެ މައްސަލައާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެކަމަކު، އެއީ ކޮން ބައެއްކަމެއް، ނުވަތަ އެ މީހުންނާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
އަބްދުއްރަހުމާނަށް ދިން ހަމަލައިގެ ތުހުމަތަށް ތިން މީހެއްގެ ގެ ފާސްކޮށް، އެކެއްގެ އަންނައުނު ވެސް މި މަހުގެ ކުރީކޮޅު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. އެނގިފައިވާ ގޮތުގައި ފުލުހުން ހައްޔަރުކުރީ ވެސް އެ ތިން މީހުންނެވެ.
+1
+1
+1
+1
+1
+1