ޝަރަފުވެރިކަމުގެ ގައުމީ އިނާމު 3 ބޭފުޅަކަށް މިއަހަރު ދެއްވައިފި އެވެ.
މި ބޭފުޅުންނަށް ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހަވާލުކޮށްދެއްވީ މިއަދު ފާހަގަކުރާ ގައުމީ ދުވަހުގެ މުނާސަބަތުގައި ހއ. އުތީމުގައި ބޭއްވި ރަސްމީ ޖަލްސާ ގައެވެ.
ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް އިނާމު ހަވާލުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.
ޝަރަފުވެރިކަމުގެ ގައުމީ އިނާމު އެރުވި 3 ބޭފުޅުން:
- ފަޟީލަތުއްޝައިޚް އިސްމާއީލް މުހައްމަދު - މއ. ފީރޯޒްވާދީ | އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި، ދީނަށް ހިދުމަތްކުރުމާއި، ދީނީ އިލްމު އުނގަންނައިދިނުމުގެ ދާއިރާ
- މުހައްމަދު މައުރޫފް ޖަމީލް - މ. ދޫރެސް | އިމާރާތް ކުރުމާއި، އިމާރާތް ފަރުމާކުރުމުގެ ދާއިރާ
- އަލްމަރްޙޫމް މުހައްމަދު މާޖިދުގެ ހަނދާނަށް - ގ. ކްރީމްގެ | ޕާފޯމިން އާޓްސްގެ ދާއިރާ
މި އަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި ތިން ބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކަށް އިނާމު އެރުވީ، އެ ބޭފުޅާގެ ހަނދާނަށެވެ. އެއީ މެޒޯ މުހައްމަދު އެވެ.
ޝަރަފުވެރިކަމުގެ ގައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވީ ޝަރަފުގެ އައްޑަނައަކާއި، ޝަރަފުގެ ބެޖާއި، ހަނދާނީ ލިޔުމެކެވެ.
+1
+1
+1
+1
+1
+1