ބައްޕަ އަށް ތޫނު އެއްޗަކުން ހަމަލާ ދިން މީހަކު އއ. އުކުޅަހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ފުލުހުން ބުނީ ރޭ ހިނގި ހާދިސާއާ ގުޅިގެން ޒަހަމްވި މީހާ އެ ރަށު ސިއްހީ މަރުކަޒުން ފަރުވާ ދީފައިވާ ކަމަށެވެ. އެކަމަކު އެ މީހާ އަށް ސީރިއަސް ގެއްލުމެއް ނުވެ އެވެ.
ފުލުހުން ބުނި ގޮތުގައު ބައްޕަ އަށް ހަމަލާ ދިނީ ނަފުސާނީ މައްސަލަތަކެއް ހުންނަ 26 އަހަރުގެ ޒުވާނެކެވެ. އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކުރީ ރޭ 10:20 އެހާކަށްހާ އިރު އެވެ.
މިކަން ފުލުހުން އަންނަނީ އިތުރަށް ބަލަމުންނެވެ.
+1
+1
+1
+1
+1
+1