މެލޭޝިޔާގައި މި މަހުގެ 8 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާ އިސްލާމިކް ގަވަރނަންސް އަދި އެޑްމިނިސްޓްރޭޓިވް ކޯހުގެ ދެވަނަ ބުރުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މި ކޯހުގައި 10 ފަރާތަކަށް ފުރުސަތު ދިނުމަށް ހަމަޖެހިފައިވާއިރު، މި ކޯހުގައި ބައިވެރިވުމުގެ ޝަރުތަކީ އިނގިރޭސި ބަހުން މުޢާމަލާތް ކުރަން އެނގުމާއި، ވުޒާރާއިން ޚިޔާރުކޮށްފައިވާ ފަރާތެއްކަމުގައި ވުމާއި އިމާމުކަމުގެ ތަޖުރިބާހުރި ފަރާތަކަށް ވުމެވެ.
މި ކޯހުގައި ބައިވެރިވާ ފަރާތްތަކުގެ ޓިކެޓު ޚަރަދު ކުރުމަށް ހަމަޖެހިފައިވަނީ އަމިއްލައަށް ކަމަށް އެ ވުޒާރާއިން ބުނެއެވެ.
2024 ވަނަ އަހަރުވެސް މެލޭޝިޔާއިން އިމާމުންނަށް ތަމްރީނާއި ތަޖުރިބާގެ ފުރުސަތު ހޯދައިދީފައިވާ ކަމަށް އިސްލާމީ ވުޒާރާއިން ހާމަކުރެއެވެ.
+1
+1
+1
+1
+1
+1